މަސައްކަތް
ނަންބަރު: A/IUL/344/2023/60
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 23 ޖުލައި 2023 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ އަދި އެހެނިހެން ތަކެތި ފޯރުކޮށްދީ އެތަކެތި ރާވައިދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: A/IUL/344/2023/60

                              އިޢުލާން

 

        އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ އަދި އެހެނިހެން ތަކެތި ފޯރުކޮށްދީ އެތަކެތި ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ޖުލައި 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުންނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2023 ޖުލައި 18 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ޖުލައި 2023