ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2015/19
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:56
ސުންގަޑި: 16 ފެބުރުވަރީ 2015 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު: (IUL)101-EP/1/2015/11  އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ ބައެއް މަޤާމުތަކަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނެތުމާއެކު، މި އިޢުލާނުގެ މުއްދަތު 16 ފެބުރުވަރީ 2015  އަށް އިތުރުކޮށްފީމެވެ. 15 ޖެނުއަރީ 2015 ގެ ނިޔަލަށް ލިބިފައިވާ އެޕްލިކޭޝަންތައް ހިމެނޭނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމްކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގދ. ތިނަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯޑިނޭޓަރ        

ލ. ފޮނަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

- 01  އެޑްމިން ފައިނޭންސް އޮފިސަރ

ދ. ކުޑަހުވަދޫ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯރޑިނޭޓަރ

- 01  އެޑްމިން ފައިނޭންސް އޮފިސަރ

ޅ. ނައިފަރު ބީޑީއެސްސީ އަށް

- 01 މެނޭޖަރ

- 01 ޓްރޭނިންގ ކޯޑިނޭޓަރ

އައްޑޫ ސިޓީ ބީޑީއެސްސީ އަށް

- 01 މެނޭޖަރ

މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،16 ފެބުރުވަރީ 2015 ގެ 14:00 ގެކުރިން،ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރއެއްގެ މަޤާމަކަށް ކަން އެނގޭގޮތަށް ބަޔާން ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333123، 3333196 (960)+

އީމެއިލް: [email protected]

‏15‏ ރަބީޢުލްއާޚިރު‏ 1436

04 ފެބުރުވަރީ 2015