މަސައްކަތް
ނަންބަރު: (IUL)393/393/2023/37
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 13 ޖުލައި 2023 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫގައި އުފެދޭ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

އިޢްލާން

ކިނބިދޫގައި އުފެދޭ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

      ކިނބިދޫގައި އުފެދޭ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، މިއިދާރާއިން ހަމަޖައްސާ އުސޫލަކާ އެއްގޮތަށް ކުނި އުކާލަދިނުމާއި ، އަދި ޑަސްބިން ބެހެއްޓިފައިވާ ތަންތަނުން ކޮންމެދުވަހަކު ޑަސްބިން އުކައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބީލަން ރަޖިސްޓަރީ ކުރުން

1. ބީލަމުގައި ބައިވާން ބޭނުންވާ ފަރާތްތަކުން 06 ޖުލައި 2023 ން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 11.00 ގެ ކުރީން ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ މެއިލް [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ.

2. ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

1. މިމަސައްކަތާ ގުޅިގެން އެއްވެސް މަޢްލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާ ނަމަ މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަސައްކަތުގެ ތަފްޞީލް:

1. ކުނި އުކަންވާނީ މިހާރު ބޭނުން ކުރަމުންދާ ކުނިކޮށްޓަށެވެ.

2. މިމަސައްކަތުގެ / ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

3. ކައުންސިލުން އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް އުކައި ސާފުކޮށް ބެލެހެއްޓުން

4. ކައުންސިލުން ހަމަޖައްސާ އުޞުލަކާއި އެއްގޮތްވާ ގޮތުގެ މަތީން ގޭބިސީ ތަކާއި މުވައްސަސާތަކުން ކުނިނަގައި ކުނި އުކާލުން

5. މީގެ އިތުރުންވެސް ކުނި މެނޭޖް ކުރުމާގުޅޭ ގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  • ހުށަހަޅާ އަގު  %60 ( އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު / ހުށަހެޅި އަގުގެ × 60)
  • މަސައްކަތް ކުރުމަށް ބޭނުން ކުރާ އަމިއްލަ ތަކެއްޗަށް %30 (މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޕިކަޕް ނުވަތަ ބަގީގައި، އަދި މިނޫންވެސް އެމަސައްކަތް ކުރުމަށް ބޭނުންވާނެ އެފަރާތުގެ އަމިއްލަ ތަކެތީގައެވެ.)
  • ތަޖްރިބާއަށް (ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މިމަސައްކަތަށް ހުށަހަޅާ އަގުގެ 5% ހަމަވާ ގުޅުން ހުރި ކޮންމެ މަސައްކަތަކަށް %2) އެންމެ ގިނަވެގެން ލިބޭނީ އެވެ.)

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. ތަޖްރިބާގެ ލިއުންތައް
  3. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  4. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑީ

1. ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

2. ތާރީޚް: 13 ޖުލައި 2023  ބުރާސްފަތި ދުވަހުގެ 11.00

3. ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ.

4. ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

06 ޖުލައި 2023