މަސައްކަތް
ނަންބަރު: (IUL)450-CA/450/2023/38
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 24 ޖުލައި 2023 09:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދިރާސާގެ ސިފަވީ (ކޮލިޓޭޓިވް) ބައި ކުރިއަށް ގެންދާނެ ކޮންސަލްޓަންޓެއް ހޯދުމަށް

އިޢުލާން

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދިރާސާ (ނޭޝަނަލް ބޭސްލައިން ސްޓަޑީ އޮން ފެމިލީ ވެލްބީންގ އެންޑް ލައިފް އެކްސްޕީރިއަންސަސް އިން ދަ މޯލްޑިވްސް) ގެ ސިފަވީ (ކޮލިޓޭޓިވް) ބައި ކުރިއަށް ގެންދާނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ ތާރީޚުގައި މަޢުލޫމާތު ސެޝަންއެއް ބޭއްވޭނެއެވެ؛
    • މަޢުލޫމާތު ސެޝަން ބޭއްވޭ ތާރީޚާއި ގަޑި: 2023 ޖުލައި 16 ވަނަ ދުވަހުގެ 09:00 އަށް
    • މަޢުލޫމާތު ސެޝަން ބޭއްވޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • މި ސެޝަންއަށް ހާޒިރު ނުވެވޭ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރަމެވެ.
  • މަސައްކަތާއި ގުޅިގެން އިތުރު އެއްވެސް ސުވާލެއް އޮތްނަމަ، 2023 ޖުލައި 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2023 ޖުލައި 24 ވަނަ ދުވަހުގެ 09:00 އަށް
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
06 ޖުލައި 2023