މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް
|
ގްރޭޑް:
|
01
|
ސްޕައިން ޕޮއިންޓް:
|
01
|
މުސާރަ:
|
މަހަކު 3,549.22ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,521.09 ރުފިޔާ
|
ޢިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަޤާމުގެ ޝަރުތު:
|
އަސާސީ ފެންވަރު
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކެމްޕަސް 1، 2 އަދި ދަނާލުގެ އިމާރާތްތަކުގެ ގޯތިތެރެ، އައްސޭރި މަގުމައްޗަށް ނިސްބަތް ކުރެވޭ ސަރަހައްދުގައި ވިނަފަޅާ، ހަޑިވިޔަނުދީ ކަނޑައެޅޭ އުސޫލުން ސާފުކުރުން.
- ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މުވައްޒަފުން މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަން ސާފުތާހިރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން ސާފުކުރުން.
- އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، އެހެނިހެން ވަޞީލަތްތައް އަދި ކުޑަދޮރުތަކުގެ އަދި އެހެނިހެން ބިއްލޫރި އަދި ފަރުނީޗަރ ފަދަ ތަކެތި ކަނޑައެޅޭ އުޞޫލުން ސިއްޙީ ގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
- ކުނިއެޅުމަށް ބަހައްޓާ ވަށިގަނޑުތަކުގައި ހުންނަ ކުނި ދުވަހީ ގޮތެއްގައި ހަމަޖެހިފައިވާ އުޞޫލުން އުކާލުން.
- ފާޚާނާތަށް ސާފުކޮށް ދޮވުން އަދި މިކަމަށް ބޭނުންކުރަންޖެހޭ ސާމާނު ބޭނުންކޮށްގެން ސިއްޙީގޮތުން ރައްކައުތެރިތަނަކަށް ހެދުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަންތަނުގެ ތެރެއިން މޮޕްލައިގެން ސާފުކުރަންޖެހޭ ތަންތަނުގައި ހަފުތާއަކު ތިން ފަހަރު މޮޕްލައި ކަނޑައަޅާފައިވާ އުސޫލުން ސާފުކުރުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރި ނަމަ، އެކަން ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން އަދި ނޯޓްކުރަންޖެހޭ ފޮތެއްގައި / ކަނޑައެޅިފައިވާ ގޮތަކަށް ނޯޓްކުރުން.
- ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.
- ފާޚާނާތަކުގައި ހުންނަންޖެހޭ ޓިޝޫއާއި ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ހުންނަންޖެހޭ އެއްޗެއް ނެތްނަމަ އެ އެއްޗެއް ހަމަކުރުން.
- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ އާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
- ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނަރ ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
- އެތަނަކުން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުމާއި، ޒީނަތްތެރިކުރުމުގައި ބައިވެރިވުން.
- ފޮޅާ ސާފުކުރުމަށް އެމުވައްޒަފަކައި ހަވާލުކުރެވޭ ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުމާއި އެއެއްޗެތީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
- ޔުނިވަރސިޓީގެ މަސައްކަތަކާއި ގުޅިގެން އެހީތެރިކަމަށް އެދެފިނަމަ އެކަމެއްގައި އެއްބާރުލުން ދިނުން.
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
- މަސްލަހަތު ގެއްލޭފަދަ ކަންކަމުން ދުރުހެލިވެ، އެކުވެރިމާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- މިނޫންވެސް އެތަނަކުން ޙަވާލުކުރާ މަޤާމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2023 ޖުލައި 12 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަހަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2023-HC-113
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|