ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ހިއުމަން ރިސޯސަސް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
މިހޮސްޕިޓަލަށް ބޭނުންވާ ހިއުމަން ރިސޯސަސް ސޮފްޓްވެއަރއެއް ޑިޒައިންކޮށް، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު: TENDER/URH/2023/25 ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) - 05 ޖުލައި 2023 ބުދަ ދުވަހުން ފެށިގެން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް. އީމެއިލް: [email protected] ފޯނު ނަންބަރ: 6583712 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޚް: 18 ޖުލައި 2023 ވާ އަންގާރަ ދުވަސް ގަޑި: 13:00 (މެންދުރުފަހު) |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.
05 ޖުލައި 2023
17 ޛުލްޙިއްޖާ 1444