ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A2-PR/1/2023/39
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 12 ޖުލައި 2023 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

 

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ ޤާނޫނީ ވަކީލުން ޢައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލީގަލް އެއިޑް ކޮންސަލްޓަންސީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި އޮފީހުގެ ނަންބަރު 7911194 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 ޖުލައި 2023