ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/10
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 10 ފެބުރުވަރީ 2015 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ


ރ. މާކުރަތު ޕްރީސްކޫލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ރ. މާކުރަތު ޕްރީސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: IUL)305-ME305/305/2014/159)ފ(30 ޑިސެންބަރު 2014) އިޢުލާނަށް އިޖާބަދެއްވާ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

ރ. މާކުރަތު ޕްރީސްކޫލަށް ތިރީގައި ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ތަފްސީލް

އަދަދު

#

އޮފީސް މޭޒު (4 ފޫޓު ދިގު) ވަތްގަނޑާއެކު

3

1

ކައުންޓަރ މޭޒު (4 ފޫޓު ދިގު) ވަތްގަނޑާއެކު

1

2

ޕްރީ ސްކޫލް ދަރިވަރުންގެ މޭޒު (ކުޑަ)

12

3

ލޮކަރު (ބޮޑު) 4 ވަތް ގަނޑުލީ

2

4

ވައިޓް ބޯޑު (4 ފޫޓު ފުޅާ× 8 ފޫޓު ދިގު)  

2

5

ޓީޗަރސް ޓޭބަލް (2 ފޫޓު ފުޅާ، 4 ފޫޓު ދިގު) ވަތްގަނޑާއެކު

2

6

ލޯވް ބެކް ޗެއަރ

4

7

ޕްލާސްޓިކް ގޮޑި އަތްގަނޑުލީ، ހުދުކުލަ

5

8

ކުލާސްރޫމް ކަބަޑު (ޕްރީސްކޫލު ދަރިވަރުންގެ ތަކެތި ބެހެއްޓުމަށް)

2

9

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580015 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 ރަބީޢުލްއާޚިރު 1436

02 ފެބުރުވަރީ 2015