ތަމްރީނު
ނަންބަރު: (IUL)22-D/1/2015/28
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 02 މާރިޗު 2015 12:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

"ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނު ކުރުމުގެ އުސޫލު 2015" މިއަދު ޢާންމުކޮށްފީމެވެ. އަދި އެ އުސޫލާ އެއްގޮތަށް، ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިގޮތުން 2015 ވަނަ އަހަރަށް ތަމްރީނު ކުރުމަށް ކަނޑައަޅާ ދާއިރާތަކާއި، ކޮންމެ ދާއިރާއަކުން ތަމްރީނުކުރުމަށް ކަނޑައަޅާ އަދަދާއި، ކޮންމެ ދާއިރާއަކުން ތަމްރީނު ކުރުމަށް ކަނޑައަޅާ ފެންވަރު އަދި ތަމްރީނުވުމަށްފަހު ޚިދުމަތްކުރަންޖެހޭ ސްކޫލް/އޮފީސް، އަދި މީހުން ހޮވުމުގައި ޕޮއިންޓް ދޭނެގޮތް މި އިޢުލާނާ އެކުގައިވާނެއެވެ.

ކުރިމަތިލައްވާ ފަރާތްތައް ހޮވޭނީ ކުރިމަތިލާފައިވާ ފަރާތްތައް މިންކޮށްގެން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ.

1- ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

ހ- މަތީ ސާނަވީ އިމްތިޙާނުގެ

   އޭ ފާހަކަށް 5 ޕޮއިންޓް

   ބީ ފާހަކަށް 4 ޕޮއިންޓް

   ސީ ފާހަކަށް 3 ޕޮއިންޓް

   ޑީ ފާހަކަށް 2 ޕޮއިންޓް

   އީ ފާހަކަށް 1 ޕޮއިންޓް

ށ- ސާނަވީ އިމްތިޙާނުގެ

   އޭ ފާހަކަށް 2.5 ޕޮއިންޓް

   ބީ ފާހަކަށް 2 ޕޮއިންޓް

   ސީ ފާހަކަށް 1.5 ޕޮއިންޓް

   ޑީ ފާހަކަށް 1 ޕޮއިންޓް

ނ- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ:

   ސެޓުފިކެޓު ލެވެލް 4 ނަމަ 25 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 5 ނަމަ 35 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 6 ނަމަ 45 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 7 ނަމަ 60 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 8 ނަމަ 65 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 9 ނަމަ 75 ޕޮއިންޓް

   ސެޓުފިކެޓު ލެވެލް 10 ނަމަ 85 ޕޮއިންޓް

ރ- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ

   ޖީ.އެސް 1 އިން އެމް.އެސް 2 އަށްނަމަ: ކޮންމެ އަހަރަކަށް 1.5 ޕޮއިންޓް (ޖުމުލަ 6 ޕޮއިންޓް)

   އެމް.އެސް 3 އިން އީ.އެކްސް 2 އަށްނަމަ: އަހަރަކަށް 2 ޕޮއިންޓް

   އީ.އެކްސް 3 އިން އީ.އެކްސް 6 އަށްނަމަ: އަހަރަކަށް 3 ޕޮއިންޓް

   އީ.އެކްސް 6 އަށްވުރެ މަތީ ފެންވަރެއްގެ މަޤާމަކަށްނަމަ: އަހަރަކަށް 4 ޕޮއިންޓް

ބ- އެހެނިހެން ޚިދުމަތުގެ މަސައްކަތާގުޅޭ ތަޖުރިބާ (ވަޒީފާއާ ސީދާ ނުގުޅޭ)

   ޖީ.އެސް 1 އިން އެމް.އެސް 2 އަށްނަމަ: ކޮންމެ އަހަރަކަށް 1 ޕޮއިންޓް (ޖުމުލަ 3 ޕޮއިންޓް)

   އެމް.އެސް 3 އިން އީ.އެކްސް 2 އަށްނަމަ: އަހަރަކަށް 1.5 ޕޮއިންޓް

   އީ.އެކްސް 3 އިން އީ.އެކްސް 6 އަށްނަމަ: އަހަރަކަށް 2 ޕޮއިންޓް

   އީ.އެކްސް 6 އަށްވުރެ މަތީ ފެންވަރެއްގެ މަޤާމަކަށްނަމަ: އަހަރަކަށް 3 ޕޮއިންޓް

ޅ- ވަޒީފާ އަދާކުރި މުއްދަތަށް ކޮންމެ އަހަރަކަށް 1 ޕޮއިންޓް (ޖުމުލަ 3 ޕޮއިންޓް)

   (ރ) އަދި (ބ) ގައި ހިމެނޭ ބައިތަކަށް ޕޮއިންޓްދޭނީ މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް، މުވައްޒަފު މަސައްކަތްކުރިކަމަށް ބަޔާންކޮށް އެ އޮފީހަކުން ދޫކުރާ ލިޔުމެއް ހުށަހެޅުމުންނެވެ.

   (ހ) (ށ) އަދި (ނ) އަށް ޕޮއިންޓް ދިނުމުގައި އެއް ފެންވަރުގެ ދެ ސެޓުފިކެޓު ހުށަހެޅުއްވިނަމަ ޕޮއިންޓް ދޭނީ އެއް ސެޓުފިކެޓަށެވެ.

2- 2015 ވަނަ އަހަރަށް ތަމްރީނު ކުރުމަށް ކަނޑައަޅާ ދާއިރާތަކާއި، ތަމްރީނުވުމަށްފަހު މަސައްކަތްކުރަންޖެހޭ އޮފީސްތަކާއި، މިއުސޫލުގެ ދަށުން މީހުން ތަމްރީނުކުރުމަށް ކަނޑައަޅާ ލެވެލްތައް.

   (އިޢުލާނާއެކު އެޓޭޗްކޮށްކޮފައި)

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް

އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

06 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015