ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30/A/1/2015/12
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 09 ފެބުރުވަރީ 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު:  ސީނިއަރ ރިސާރޗް އޮފިސަރ                              ބޭނުންވާ ޢަދަދު  1              

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތްކުރަންޖެހޭ ތަން

މާލެ/ 

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގަތުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުމަސްވެރިކަމުގެ ދިރާސާތަކުން އެއްކުރާ މަޢުލޫމާތު ކޮމްޕައިލްކޮށް އެނަލައިޒް ކުރުން.
  • ކޮރަލްރީފް ރިސާރޗް ޔުނިޓްގެ ފީލްޑް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަސައްކަތްތަކުގައި އެހީތެރިވެ، ޢަމަލީގޮތުން ބައިވެރުވުން.
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓުން ތައްޔާރުކުރާ ދިރާސާ ރިޕޯޓުތަކާއި ޓެކްނިކަލް ރިޕޯޓުތައް ތައްޔާރު ކުރުމުގައި ބައިވެރިވުން
  • ފަރުމަސްވެރިކަމާބެހޭ  ރިސާރޗް ޔުނިޓްގެ އިދާރީ މަސައްކަތްތައް ކުރުމާއި ޔުނިޓްގެ މަސައްކަތްތަކާ ގުޅުންހުރި، ވެބްސައިޓްގައި ޝާއިޢު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުން
  • ފަރުމަސްވެރިކަމުގެ ދިރާސާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި ސެމިނަރތައް ރާވައި ހިންގުމުގައި އެހީތެރިވުން
  • ފަރާއި ކަނޑުގެ މާޙައުލާއި ގުޅޭ ދިރާސާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މުޠާލިޢާކޮށް ޢާއްމުންނަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
  • ސެންޓަރުން ހިންގާ އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މެރިން ބަޔޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލްސާރވިސްގެ ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:   އެސިސްޓެންޓް ޑިރެކްޓަރ                                  ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސާރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ     

މަސައްކަތްކުރަންޖެހޭތަން

މެރިން ރިސަރޗް ސެންޓަރ / މާލެ  

މަޤާމުގެ ޝަރުޠު

 

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޑިރެކްޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން މެރިން ރިސާރޗް ސެންޓަރުގެ ހިނގަމުންދާ ރިސާރޗް ޕްރޮގްރާމުތަކާއި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޯރޑިނޭޓް ކުރުން، އަދި ދުވަހުން ދުވަހަށް ދިމވާކަންތައްތަކާއި މައްސަލަތައް ގުޅުން ހުރި ފަރާތްތަކާއި ގުޅައިގެން ހައްލުކުރުން.
  • މެރިން ރިސާރޗް ސެންޓަރުގައި އިދާރީ އެންމެހައި ކަންތައް ރާވައި ހިންގުމުގެ އިސްދައުރެއް އަދާކުރުން. އަދި ސިވިލްސާރވިސަސްގެ ޤަވާއިދާއި އެއްގޮތްވާގޮތުންގެ މަތިން މިނިސްޓްރީގެ އިދާރީކަންތައް ތަރުތީބު ވެފައިވާ ގޮތްތަށް ބަލާ އެކަން ތައްތަކާއި ފުށުނާރާގޮތުގެ މަތިން އިދާރީކަންކަން ޒަމާނީ ވައްޓަފާޅިއަށް ބަދަލުކޮށް ހަރުދަނާކުރުން.  މިގޮތުން: މެރިން ރިސާރޗް ސެންޓަރުގެ އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ހިނގާ ނުހިގާގޮތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރާއި، އަދި މަނިޔަފުއްޓަށް ގަންނަންޖެހޭ މުދާ ގަތުމުގެ ކަންތައް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރުގެ ހަރުމުދަލާއި ސްޓޮކް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރުގެ ޔައުމިއްޔާ ލިޔުމުގެ ކަންތައް ކުރިޔަށް ދާގޮތް ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރު ހުންނަ އިމާރާތުގެ މެއިންޓަނަންސް  މަސައްކަތް ކުރުވުން ކުރުން.
  • މެރިން ރިސާރޗް ސެންޓަރުން ކުރަމުންގެންދާ  މަސައްކަތާއި ހިންގާ ޕްރޮޖެކްޓް ތަކުގެ ޕްރޮގްރެސް ރިޕޯޓްތައް މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނުން ބޭނުންވެލައްވާ ގޮތަށް ތައްޔާރުކޮށް ފޮނުވުން.
  • ސެންޓަރުގެ އަހަރީ ބަޖެޓް އެކުލަވައިލުމުގެ އިސްދައުރެއް އަދާކުރުން.
  • ސެންޓަރުގެ އަހަރު ރިޕޯރޓް ލިޔުމުގެ އިސްދައުރެއް އަދާކުރުން

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން.

- މެނޭޖްމެންޓް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު

- ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރި މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:   ސީނިއަރ ލީގަލް އޮފިސަރ                                  ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/12460

ސަރވިސް އެލަވަންސް:

މަހަކު -/3600 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް

CS11-2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން/ ލީގަލް ސަރވިސަސް      

މަސައްކަތްކުރަންޖެހޭތަން

މާލެ، މިނިސްޓްރީ   

މަޤާމުގެ ޝަރުޠު

 

1- ޤާނޫނީ ރޮނގުން ނުވަތަ ގާނޫނާއި ޝަރިޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލީގަލް ޔުނިޓްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދައި، އިޞްލާޙް ކުރުމުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި ކަންތައްތަކުގައި ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް ދައުލަތުން މިނިސްޓްރީގެ ފަރާތުން ދާ މައްސަލަ ތަކުގައި ކޯޓަށް ދިއުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު

- މި މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި މިންވަރު

- ދައުލަތު މާލިއްޔަތު ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު:   އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސަރ

ރޭންކް

ޖީ.އެސް. 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް އެޖެންސީ/ މެނޭޖްމެންޓް ސެކްޝަން

މަސައްކަތްކުރަންޖެހޭތަން

މާލެ/ މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2  މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ވެސަލް މޮނިޓަރިންގ ސިސްޓަމުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ހަރުކުރާ ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްދިނުމުގައި މި މިނިސްޓްރީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްދީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ މަޢުލޫމާތު ވެސަލް މޮނިޓަރިންގ ސަރވިސް ފޯރުކޮށްދޭ ފަރާތައް ހަމަޖެހިފައިވާ އުސޫލުން ފޯރުކޮށްދިނުން.
  • ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރެވޭ އުޅަނދުފަހަރުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި އެމަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހިއްސާކުރަމުން ގެންދިއުން.
  • ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް އުޅަނދުފަހަރުން ހުށަހަޅާ ދުވަހުގެ މަޢުލޫމާތުތައް ވެސަލްމޮނިޓަރިން ސިސްޓަމް މެދުވެރިކޮށް ވެރިފައިކުރުން އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ވެސަލް މޮނިޓަރިންގ ސިސްޓަމްގައި އެއްވެސް މައްސަލައެއް އުޅޭނަމަ ނުވަތަ އެއްވެސް އުޅަނދެއްގެ ސިގްނަލް ނުފެންނަނަމަ ޚިދުމަތްދޭ ފަރާތާއި ގުޅައިގެން އެކަން ބެލުން އަދި މައްސަލަ ސްޕަވައިޒަރަށް ރިޕޯޓްކޮށް ސްޕަވައިޒަރުގެ ލަފާގެ މަތިން ފިޔަވަޅު އެޅުން.
  • އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއަށް ފޮނުވަންޖެހޭ، މަސައްކަތާއި ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް ތައްޔާރުކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބި-ފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތައް އެނގިފައިވާ މިންވަރު. 

މަޤާމު:  އެސިސްޓެންޓް ފިޝަރީޒް އެކްސްޓެންޝަން އޮފިސަރ (ދާއިމީ)                 ބޭނުންވާ ޢަދަދު  1              

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.4

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް އެޖެންސީ/ މެނޭޖްމެންޓް ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

މިނިސްޓްރީ/ މާލެ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސް އެކްސްޕޯރޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް މަސް ވިއްކުމަށް މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުން.
  • އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަހާއި މަހުން ތަކެތި އުފައްދާ ތަންތަނުގެ ލައިސަންސް ދޫކުރުން.
  • މަސްވެރިކަމަށް އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި ބާޠިލުކުރުން އަދި ޤާނޫނީ ފޯމު ފުރައިދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބި-ފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތައް އެނގިފައިވާ މިންވަރު. 

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. ބޭސްފަރުވާ
  2. އިތުރުގަޑީގެ ފައިސާ
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

29 ޖަނަވަރީ 2015