ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/38
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 15 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ (ވަގުތީ)

މުސާރަ:  5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  އައި.ޓީ ސެކްޝަން/ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މި މިނިސްޓްރީގެ ވެބްސައިޓް ފަރުމާކުރުމާއި ހިންގުމާއި ގެންނަށްޖެހޭ ބަދަލުތައް ގެނެސް ވެބްސައިޓަކީ ޒަމާނީ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ކަމުގައި ހެދުން.
  2. މި މިނިސްޓްރީގެ އިންޓްރާނެޓްގެ މަސައްކަތްތައް ހިންގުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. އޮފީހުގެ އެކިބޭނުންތަކަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.
  5. މި މިނިސްޓްރީގެ ނެޓްވޯކުގެ މައްސަލަތައް ހައްލުކުރުމާއި ކޮންޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތަކަށް ހައްލެއް ހޯދައިދިނުން.
  6. މި މިނިސްޓްރީގައި ބޭނުން ކުރާ ސޮފްޓްވެއަރ ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުން.
  7. މި މިނިސްޓްރީގެ މަސައްކަތްތައް ހަލުވިކޮށް ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި ވެރިންނާއި މަޝްވަރާ ކުރުމަށްފަހު އެކަންތައްތައް ޤާއިމްކުރުމަށް އެހީތެރިވުން.

މަޤާމުގެ ނަން: މަސައްކަތު

މުސާރަ: 3100.00 ރުފިޔާ

ސާރވިސް އެލަވަންސް:1000.00 ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ ޢަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް

ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މަރުކަޒުގެ އޮފީސްތެރެ ފޮޅައި ސާފުކުރުން.
  2. ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.
  3. ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުން.
  4. ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.

ނޯޓު:

  1. އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރުގެ މަގާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި، މަސައްކަތު މަގާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކަށް އިސްކަން ދެވޭނެއެވެ.
  2. މި މަޤާމުތަކުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  3. މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  4. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް  www.youth.gov.mv                            
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

14 ރަބީއުލްއާޚިރު 1436

03 ފެބުރުވަރީ 2015