މަސައްކަތް
ނަންބަރު: (IUL)GS127-B/2023/007
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 10 ޖުލައި 2023 12:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގެ ދަރިވަރުންގެ ފާޚާނާބަރި މަރާމާތު ކުރުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު (2)

                                                                                                 

މި ސްކޫލްގެ އަންހެން ދަރިވަރުންގެ ފާޚާނާ ބަރީގެ 1 ފާޚާނާ މަރާމާތުކޮށް، ދަރިވަރުން ބޭނުންކުރާ ދެ ފާޚާނާ ބަރީގެ ފާޚާނާ ހޮޅި ރަށުގެ ނަރުދަމާ ނިޒާމާ ގުޅާލަން ބޭނުންވެއެވެ. ވީމާ،  މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖުލައި 05 ން 2023 ޖުލައި 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 11 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖުލައި 13 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)

6. ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

ރ. މާކުރަތު، ދިވެހިރާއްޖެ.

ފޯން:  6580333

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

04 ޖުލައި 2023