މަސައްކަތް
ނަންބަރު: (IUL)472 /472/2023/40
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 10 ޖުލައި 2023 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީން ފޯރުކޮށްދޭ މެރިޓައިމް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސޮފްޓްވެއަރ ހެދުން

          މިނިސްޓްރީން ފޯރުކޮށްދޭ މެރިޓައިމް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސޮފްޓްވެއަރ  ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ޖުލައި 2023