ވަޒީފާގެ ފުރުޞަތު
ނަންބަރު: HS/2015/01
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 15 ފެބުރުވަރީ 2015 14:00
ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމްތައް

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް: ޖީ. އެސް 4
ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 2      

މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
މަޤާމުގެ ޝަރުޠު: 
  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2.  މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސާއި، އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކަނޑައެޅިފައިވާ ހަފުތާއެއްގައި އޮފީސް ހުޅުވުމާއި، އޮފީސް ނިމުމުން، އޮފީސް ބަންދުކޮށްފައި ތަޅުދަނޑި އެޅުވުން.
  2. މުވައްޒަފުންގެ ވަޒީފާ ދިނުމަށާއި، ބަދަލުކުރުމަށާއި، ވަކިކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސީ.އެސް. ވިއުގަ މެދުވެރިކޮށް ފޮނުވުން.
  3. މުވައްޒަފުންގެ ސްޓާފް އެޕްރެއިސަލް މަސައްކަތްތައް، ހަވާލުވެ ހުންނަވާ ޑެޕިއުޓީ ޕްރިންސިޕަލްގެ އިރުޝާދުގެ މަތިން ކުރުން.
  4. ސެޕް ސިސްޓަމް މެދުވެރިކޮށް ދުވަހުން ދުވަހަށް ސްޓޭޓަސް އަޕްޑޭޓްކުރުން.
  5. މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން.
  6. ޗުއްޓީ ނަގާ މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށްފައި މުވައްޒަފާ ހަވާލުކުރުމާއި، ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން.
  7. މުވައްޒަފުންގެ ސަލާމް ފޯމްތައް ބަލައިގަނެ، ހާޒިރީގައި ނޯޓުކުރުން.
  8. މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކުރުން.
  9. އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ ތައްޔާރުކޮށްފައި ފޮނުވުމާއި، ސްކޫލުގައި ހިނގާ އެކިއެކި މުހިއްމު ކަންތައްތަކާބެހޭ ޚަބަރު ލިޔެ ތައްޔާރުކޮށްފައި ފޮނުވުން.
  10. ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު:

 

 

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓް:

  އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 13 ރަބީޢުލްއާޚިރު 1436
03 ފެބުރުވަރީ 2015