ބީލަން
ނަންބަރު: (IUL)113-MSWH/1/2023/93
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 10 ޖުލައި 2023 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތުވެސްޓް ހާބަރުން ކްރޭން ޕާކްކުރުމުގެ ޖާގަ ކުއްޔަށް ދިނުމާއި ގުޅޭ.

މާލެ ސައުތުވެސްޓް ހާބަރުގައި ކްރޭނުގެ ޚިދުމަތް ދެމުންދާ ފަރާތް ތަކަށް ކްރޭން ޕާކް ކުރުމުގެ ޖާގަ (ސްލޮޓް) ކުއްޔަށް ދިނުމަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތް ތަކުން 2023 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 އަށް މާލެ ސައުތުވެސްޓް ހާބަރ (ޓީ-ޖެޓީ) ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

ބީލަން ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މާލެ ސައުތުވެސްޓް ހާބަރުން ކްރޭން ޕާކްކުރުމަށް ސްލޮޓް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދު: 3
  • ކުއްޔަށް ދޫކުރެވޭ މުއްދަތު: 2 އަހަރު
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ ފެށޭ އަގު: މަހަކަށް 5،000.00 (ފަސް ހާސް ރުފިޔާ)
  • ކޮންމެ ފަރާތަކަށް ވެސް ކުއްޔަށް ދެވޭނީ 1 ސްލޮޓެވެ.  
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް އަގު ހުށަހަޅާފައިވާނަމަ ޕާކިންގް ޖާގަ ދޫކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 3 ފަރާތަކަށެވެ.
  • އެއް އަގެއް ދެފަރާތަކުން ނުވަތަ އެއްއަށްވުރެ އިތުރު ފަރާތަކުން ހުށަހަޅައިފިނަމަ އެފަރާތްތަކަށް އަލުން އަގު ހުށަހެޅުމަށް ފުރުސަތު ދެވޭނެއެވެ.

 ބީލަން ހުޅުވުން

- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 ގައި މާލެ ސައުތުވެސްޓް ހާބަރ އޮފީހުގައި މިކަމަށް އެދި ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

- ބީލަން ހުށަހެޅުމަށް ދެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ.

04 ޖުލައި 2023