ބީލަން
ނަންބަރު: (IUL)MS/1/2023/60
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 10 ޖުލައި 2023 00:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަޖީދިއްޔާ ސްކޫލްގެ ކެންޓީން ޙިދުމަތް އަދި ވަން މީލް ޕްރޮގްރާމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1-  މަޖީދިއްޔާ ސްކޫލްގެ ކެންޓީން ޙިދުމަތް  އަދި ވަން މީލް ޕްރޮގްރާމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 02 ޖުލައި 2023 އިން 05 ޖުލައި 2023 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް:  https://forms.gle/ZdPQqyY9WaE2Mhgq6

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ޖުލައި  2023 ވަނަ ދުވަހުގެ 14:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

6-  މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3322457.3324691

އީ-މެއިލް: [email protected]

02 ޖުލައި 2023