ދިވެހިރާއްޖެ
މިރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް 22 ޖޫން 2023 ގައި ކުރެވިފައިވާ މި އިދާރާގެ ނަންބަރު (IUL)293/293/2023/38 އިޢުލާނާއެކު އާއްމުކުރެވިފައިވާ މައުލޫމާތު ކަރުދާހުގައި ކުށެއް އޮތުމުން އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.
މި މަސައްކަތްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ.
މި މަސައްކަތް ކޮށްދޭ ފަރާތަކުން އެ ސަރަހައްދަށް އަރާ ރުއްގަހަށް ބަދަލުދިނުމުން އެ ފަރާތަކަށް ރުއްގަސް ދިނުން ފިޔަވައި އިތުރު އަގެއް ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންލައިންކޮށް އޮންނާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބިޑުރަޖިސްޓަރީކުރާ ފޯމު ފުރިހަމަކޮށް 9 ޖުލައި 2023 ގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށްފަހު 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި އިދާރާއަށް ބީލަން ހުށަހެޅުން އެދެމެވެ.