ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/187
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 06 ޖުލައި 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ޕްރޮކިއުމަންޓް ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓުން ފޮނުވާ ރިކުއެސްޓްތަކަށް ޢިއުލާން ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން / އިންކުއަރީ ފޮނުވުން.
  • ޕްރީބިޑް މީޓިންގ ތަކުގެ ރިކުއެސްޓްތައް ޑިޕާޓްމަންޓަށް އަންގާ މެއިލް / މެމޯ ފޮނުވުން.
  • ޢިއުލާންގައި އޮންނަ ގަޑި ޕްރީބިޑް މީޓިންގ ބާއްވާ، ހާޟިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އަދި ބިޑު ހުޅުވަން އޮންނަ ތާރީޚުގައި ބިޑު ހުޅުވާ، ހާޟިރުވި ފަރާތްތަކުގެ ސޮއިކުރުވުން.
  • ކޯޓޭޝަންތަކަށް ކޮމެންޓް ޝީޓް ތައްޔާރުކުރުމަށްފަހު ރިކުއެސްޓްކުރި ޑިޕާޓްމަންޓަށް ފޮނުވުން އަދި އިވެލުއޭޝަން ޝީޓް ތައްޔާރުކުރުން
  • ރިކުއެސްޓްކުރި އައިޓަމްގެ ތެރެއިން ޓެންޑަރ ކޮމިޓީ، ޓެކްނިކަލް ކޮމިޓީ އަދި ބޯޑަށް ހުށަހަޅަންޖެހޭ ތަކެތި ތައްޔާރުކޮށް ހުށެހެޅުން.
  • އެގްރިމެންޓް ތައްޔާރުކޮށް ސޮއިކުރުވުމަށްފަހު ޙަވާލުކުރުން އަދި ރިކުއެސްޓްކުރި ޑިޕާޓްމަންޓަށް ކޮޕީ ފޮނުވުން.
  • ޓެންޑަރ ކުރެވޭ ތަކެއްޗަށް ހުށަހަޅާ ބިލްތައް ޗެކް ކުރުމަށްފަހު ފައިސާ ދިނުމަށް ލިޔުންތަކާއި އެކު ފައިނޭންސްއަށް ފޮނުވުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

06 ޖުލައި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 06 ޖުލައި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

15 ޛުލްޙިއްޖާ 1444

03 ޖުލައި 2023

03 ޖުލައި 2023