Training
Number: (IUL)475-Schol/475/2023/117
Published Date: 03 Jul 2023
Published Time: 10:21
Deadline: 10 Jul 2023 13:30
Ministry of Higher Education
Maldives
Thai International Postgraduate Program 2023

Thai International Postgraduate Program 2023

ތައިލޭންޑް

ޤައުމު:

މާސްޓަރސް

ކޯހުގެ ލެވެލް:

-    މާސްޓަރ އޮފް އާރޓްސް ޕްރޮގްރާމް އިން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް (2 އަހަރު)

-    މާސްޓަރ އޮފް އިންޖިނިއަރިންގ/ މާސްޓަރ އޮފް ސައިންސް އިން އެންވަޔަރމެންޓަލް ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓް (2އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އިނޮވޭޓިވް ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެގްރިކަލްޗަރަލް އެންޑް އެންވަޔަރމެންޓަލް ސައިންސް (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ފުޑް ޓެކްނޮލޮޖީ (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން މެނޭޖްމަންޓް އިނޮވޭޝަން އިން އެގްރިކަލްޗަރަލް އެންޑް ފުޑް އެންޓަރޕްރައިޒް (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ސޯސަލް އެންޑް އެޑްމިނިސްޓްރޭޓިވް ފާރމަސީ (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އެޕިޑަމިއޮލޮޖީ (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ބަޔޮމެޑިކަލް ސައިންސް (2 އަހަރު)

-    މާސްޓަރ އޮފް ނާރސިންގ ސައިންސް ޕްރޮގްރާމް (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން އޮކިއުޕޭޝަނަލް މެޑިސިން އެންޑް އޮކިއުޕޭޝަނަލް ހެލްތް (2 އަހަރު)

-    މާސްޓަރ އޮފް ކެމިސްޓްރީ (2 އަހަރު)

-    މާސްޓަރ އޮފް އިންޖިނިއަރިންގ ޕްރޮގްރާމް އިން އާރޓިފިޝަލް އިންޓެލިޖެންސް އެންޑް އިންޓަރނެޓް އޮފް ތިންގސް (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ފާމަސޫޓިކަލް ސައިންސް އެންޑް ޓެކްނޮލޮޖީ (2 އަހަރު)

-    މާސްޓަރ އޮފް އިންޖިނިއަރިންގ / މާސްޓަރ އޮފް ސައިންސް އިން އެނަރޖީ ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓް (2 އަހަރު)

-    މާސްޓަރ އޮފް ކެމިކަލް އެންޑް ޕްރޮސެސް އިންޖިނިއަރިންގ (2 އަހަރު)

-    މާސްޓަރ ޕްރޮގްރާމް އިން ޑޭޓާ ސައިންސް އެންޑް އާރޓިފިޝަލް އިންޓެލިޖެންސް (1 އަހަރާއި 6 މަސްދުވަސް)

-    މާސްޓަރ އޮފް އިންޖިނިއަރިންގ ޕްރޮގްރާމް އިން ބަޔޮމެޑިކަލް އިންޖިނިއަރިންގ (އިންޓަރޑިސިޕިލިނަރީ) (2 އަހަރު)

-    މާސްޓަރ އޮފް ސައިންސް ޕްރޮގްރާމް އިން ލޮޖިސްޓްސް އެންޑް ޑިޖިޓަލް ސަޕްލައި ޗެއިން (2 އަހަރު)

ކޯހުގެ ދާއިރާ އަދި މުއްދަތު:

މާސްޓަރސް

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 31 ޖުލައި 2023 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައިނުވުން.

3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން.

4. މިއިޢުލާނާއިއެކު އަޕްލޯޑުކުރެވިފައިވާ ގައިޑްލައިނާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ގައިޑްލައިނާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން

5. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

6. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް .

7. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

- މިމިނިސްޓްރީ ކޮންމެ ކޯހަކަށް ނޮމިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ 2 ކެންޑިޑޭޓުންނެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިންނެވެ.

- މިކޯސްތައް ހިންގާ ޔުނިވަރސިޓީތަކާއި އެޔުނިވަރސިޓީގެ އެޕްލިކޭޝަން ކޮލިފިކޭޝަން ހިމެނޭ މަޢުލޫމާތު ޝީޓް  އަދި ގައިޑްލައިން މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑު ކުރެވިފައި ވާނެއެވެ.

- މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އެލަވަންސް، ލިވިންގ އެލަވަންސް،  ސެޓެލްމަންޓް އެލަވަންސް، ބުކް އެލަވަންސް، ތީސިސް އެލަވަންސް، ޓިއުޝަން ފީ އަދި އިންޝުއަރެންސް) މި ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

- މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން 24 ޖުލައި 2023 ގެ ކުރިން ޓައިކާގެ އެޕްލިކޭޝަން ފުރިހަމަކޮށް މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. ޓައިކާގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ ގައިޑްލައިން އަދި ކޯހާއި ގުޅޭ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. އެހެންކަމުން، އެޕްލިކޭޝަނާއި އެހެނިހެން ލިޔުންތަކުގެ އެޓެސްޓަޑް 1 އަސްލު އަދި 2 ކޮޕީ ސެޓު މިމިނިސްޓްރީއަށް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ.

 

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* ސްކޮލަރޝިޕްގެ ވަގުތީ ނަތީޖާ އާންމުކުރާނެއެވެ. މި ނަތީޖާ އާންމުކުރާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތަށް ބެލުމަށްފަހުގައެވެ. އަދި ވަގުތީ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ.

 

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު

ސުންގަޑި: 10 ޖުލައި 2023 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން

ވަގުތީ ނަތީޖާ އާންމުކުރުން:16  ޖުލައި 2023 ވާ އާދީއްތަ ދުވަހު

ދާއިމީ ނަތީޖާ އާންމުކުރުން: 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

02 Jul 2023