މަސައްކަތް
ނަންބަރު: GS206/IUL/2023/007
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 10 ޖުލައި 2023 13:00
ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރާނެ ފަރާތެއް ހޯދުން

މިސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (GS206/IUL/2023/006)  އިއުލާން ބާޠިލުކޮށް އަލުން ޢިއުލާން ކުރަމެވެ.

  1. މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލުގެ އެކްޓިވިޓީ ޔުނިފޯރމު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ  އެފުރުޞަތު ހުޅުވާލަމެވެ
  2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3 ޖުލައި 2023 އިން 6 ޖުލައި 2023 އަށް ބަންދުނޫން ކޮންމެ ދަވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން

ވިޔަފާރި ރަޖިސްޓްރީ ނަންބަރ

ވިޔަފާރީގެ ނަން

ވިޔަފާރީގެ ވެރިފަރާތުގެ ނަމާއި އެޑްރެސް

އީމެއިލް އެޑްރެސް

ގުޅޭނެ މޯބައިލް ނަންބަރު

މި ޕްރޮޖެކްޓްގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖުލައި 2023 ވާނ ހޯމަ ދުވަހުގެ 13:00 ގައި ވާދޫ ޖަމާލުއްދީން ސްކޫލުގައެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ ނަންބަރ 7983084 އަށް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

03 ޖުލައި 2023