ބީލަން
ނަންބަރު: TENDER/URH/2023/34
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 00:14
ސުންގަޑި: 13 ޖޫން 2023 13:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރާ އުޅަނދު ފަހަރަށާއި، ބެކަޕް ޖަނަރޭޓަރ ސެޓަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު: TENDER/URH/2023/32  އާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން މިހޮސްޕިޓަލަށް ބޭނުންވާ ތެޔޮ 1 (އެކެއް) އަހަރުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: (މުއްދަތު) – 02 ޖުލައި 2023 އާދިއްތަ ދުވަހުން ފެށިގެން 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް.

އީމެއިލް: [email protected] ފޯނު ނަންބަރ: 6583712

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

ތާރީޚް: 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (މެންދުރުފަހު)

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2023

14 ޛުލްޙިއްޖާ 1444

02 ޖުލައި 2023