ބީލަން
ނަންބަރު: FSM-ADV/2023/038
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 19:25
ސުންގަޑި: 10 ޖުލައި 2023 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި ކުންފުނީގެ ސާވަރ ރޫމަށް ބޭނުންވާ ސްމާޓް ޔޫޕީއެސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.  

  • ރެޖިސްޓްރޭޝަން: 10  ޖުލައި 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

  • ބީލަމަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

  • ބީލަން ހުށަހެޅުމާއި ހުޅުވުން:  ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00  ގައި ތިރީގައިވާ އެޑުރެހުގައެވެ.

އެފް.އެސް.އެމް ބިލްޑިންގ،

6 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ

  • އީމެއިލް މެދުވެރިކޮށް ބިޑު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުންއެދެމެވެ.

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.  

02 ޖުލައި 2023