ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް ގެނެވުނު ބަދަލާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ލިބޭ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މި އެލަވެންސްތަކަށް ޝަރުތު ހަމަވާ އިތުރު ފަރާތްތައް ކަށަވަރުކުރުމުގެ މަސައްކަތް އެ އޭޖެންސީއިން ދަނީ ކުރައްވަމުންނެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް NDR ޕޯޓަލް ((ndr.nspa.gov.mv މެދުވެރިކޮށް މި އެލަވެންސްތަކާއި ގުޅޭގޮތުން މަޢުލޫމާތު އަދާހަމަ ކުރެއްވުމަށް، ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު، "”PWD Condition Form ފުރުއްވައިގެން މަޢުލޫމާތު އަދާހަމަ ކުރެއްވުން އެދެމެވެ. އަދި އޮންލައިންކޮށް ފޯމު ފުރަން ދަތިވާ ފަރާތްތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ދުރުވުމުން ނުވަތަ 6527185 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މިގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް މަޢުލޫމާތު ކަށަވަރުކުރެވޭ ފަރާތްތަކުގެ ތެރެއިން އިތުރު އެލަވެންސަށް ޝަރުތު ހަމަވާކަމަށް ފާހަގަކުރެވޭ އައު ފަރާތްތަކަށް ޖުލައި 2023 ގައި ޖަމާކުރެވޭ އެލަވެންސާއިއެކު ޖޫން 2023 ގެ އެލަވެންސް ޖަމާކުރެވޭނެކަމާއި އަދި ދަފްތަރުގައި ރަޖިސްޓްރީވެ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އޮކްޓޯބަރު 2023 ގެ ނިޔަލަށް މަޢުލޫމާތު އަދާހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ޖޫން 2023އިން ފެށިގެން ފައިސާގެ އެހީ ހަމަޖައްސައިދޭނެކަމަށް އެ އޭޖެންސީއިން އަންގަވައެވެ.
މިބަދަލާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ، އެންސްޕާގެ ހޮޓްލައިން 1402 އަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ 08:00 ން 14:00 އަށް ގުޅުއްވުމަށް ދަންނަވަމެވެ.