ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާގެ އިއުލާން ނަންބަރު: 2023/03 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ހދ. އަތޮޅު ކައުންސިލް އިދާރާގައި ހުރި ބައެއް މަރާމާތުތައް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
03 ޖުލައި 2023 އިން 13 ޖުލައި 2023 ނިޔަލަށް |
13 ޖުލައި 2023 ގެ 14:00 ކުރިން، އޮންލައިންކޮށް |
މައުލޫމާތު ސާފުކުރުން |
11 ޖުލައި 2023 |
11:00 ހދ. އަތޮޅު ކައުންސިލް މީޓިން ރޫމް |
ބީލަންތައް ހުޅުވުން |
18 ޖުލައި 2023 |
11:00 ހދ. އަތޮޅު ކައުންސިލް މީޓިން ރޫމް |
ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521646 ، 6521643
އީމެއިލް: [email protected]