ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: މެނޭޖަރ، ފައިނޭންސް އެންޑް ފަންޑް މެނޭޖްމަންޓް
ބޭނުންވާ ޢަދަދު: 1
މުސާރަ: 18,000.00ރ
އެލަވަންސް: މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލާއެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 4,500.00ރ ގެ ނޮންޕްރެކްޓިސިންގް އެލަވެންސެއް ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސލުކޮށްފައިވުން.
- މައިކްރޯސޮފްޓް އެކްސެލް، ކުއިކް ބުކްސްގެ އިތުރުން އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3309908 (އެކްސްޓެންޝަން: 134، 335)
ފެކްސް: 3307759
އީމެއިލް: [email protected]