ޢާންމު މަޢުލޫމާތު
ނަންބަރު: 23-E/CIR/2023/10
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 11:08
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މަޢުލޫމާތު

މެޑިކަލް ރެކޯޑުގެ ގޮތުގައި އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މަޢުލޫމާތު

ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން މެޑިކަލް ރެކޯޑު އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ހާމަކުރުމާއި، ރިޕޯޓުކުރުމުގައި ޞީއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ހިމެނޭ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް އެ ޤާނޫނުގެ 72 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލައިފައިވާ ޤަވާއިދު ނަންބަރ 2019/R-1070"މެޑިކަލް ރެކޯޑާއި ބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ އެންމެ މަދުވެގެން ބަލަހައްޓަންޖެހޭ މަޢުލޫމާތު  މި ސަރކިއުލާ އާއި އެކު އެއްކަރުދާސް ކޮށްފައިވާ ޝީޓްގައި ހިމެނިފައިވާނެއެވެ.

ވީމާ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ  ހުރިހާ ފަރާތްތަކުން، ޚިދުމަތް ލިބިގަންނަ މީހުންގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓުމުގައި އެންމެ މަދުވެގެން މިޝީޓްގައި ހިމެނިފައިވާ މަޢުލޫމާތުތައް ސިއްރުހިފެހެއްޓޭނެގޮތައް، ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމަށް ދަންނަވަމެވެ.

02 ޖުލައި 2023