ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކައުންސިލުގެ ނަންބަރ: (IUL)263/263/2023/24 އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އިއުލާން ކުރީމެވެ.
ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެމަތިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވިފައިވާ ރަށަކަށް ހެދުމުގެ މަޤްސަދުގައި ގޭގެއިން ކުނި ނެގުމުގެ މަސައްކަތުގެ ތެރެއިން ކަނޑަށް ބޭރުކުރަންޖެހޭ ބާވަތުގެ ކުނި ބޭރުކުރުމަށްޓަކައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަނޑުއުޅަނދެއް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.office.com/r/5Eb3GKRVL8 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.