ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-HDS3/471/2023/212
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 17:41
ސުންގަޑި: 15 ޖުލައި 2023 23:59
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އާއްމުކުރަމެވެ. ވަގުތީ ލިސްޓްގައި ޝަރުތުހަމަވެ ގޯތި ލިބޭފަރާތްތަކާއި އަދި ޝަރުތުހަމަވެ ގޯތި ނުލިބޭ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތައް ހާމަކޮށްފައިވާނެއެވެ. އޭގެތެރެއިން ޝަރުތުހަމަވެ ގޯތި ނުލިބޭ ފަރާތްތަކަށް އުސޫލު ނަންބަރ: 2022/G-19 (ބިންވެރިޔާ ސްކީމުގެދަށުން މާލެސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޮއިންޓް ވުމުގެ ފުރުޞަތު ހުޅުވާލައި އިތުރު ގޯތި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

 

                ވީމާ، ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް"  މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމާއި، ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް" ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އުޞޫލު ނަންބަރ: 2022/G-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު) ގައިވާ ގޮތުގެ މަތިން ޖޮއިންޓް ވުމުގެ ފުރުޞަތު  26 ޖޫން 2023 އިން 15 ޖުލައި 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާނެއެވެ.

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                08 ޛުލްޙިއްޖާ 1444

26 ޖޫން 2023