ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 01 ޖުލައި 2023 00:00
ދަމަނަވެށި
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ބަނދާއި ގުޅޭ

ޚާއްޞަ ދަންނަވާލުމެއް - އަޟްހާ ޢީދު ބަންދާއި ގުޅޭ

 

1444 ވަނަ އަހަރުގެ ޙައްޖު ދުވަހާއި އަޟްހާ ޢީދާއި ގުޅިގެން ބަންދު ދުވަސްތައްކަމުގައި ހަމަޖެހިފައިވާ ދުވަސްތަކުގައި (23 ޖޫން 2023 އިން 01 ޖުލައި 2023 އަށް) ދަމަނަ ވެށީގައިވެސް ޚިދުމަތް ދިނުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަދި ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން (ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް ޖަހާ ވެކްސިން) ޖަހައިދެވޭނީ ތިރީގައިވާ ލިޔެކިޔުން ފުރިހަމަކުރުމަށްފަހު ދަމަނަ ވެށީގެ ނަންބަރު 7267290 އަށް ވައިބަރ މެދުވެރިކޮށް މެސެޖްކުރުމުން ކަމުގައި ދަންނަވަމެވެ.

1)    މުއްދަތު ހަމަނުވާ ޕާސްޕޯޓް.

2)    އައި.ޑީ ކާރޑް.

3)    އަދި މަތީގައި ދެންނެވިފައިވާ މުއްދަތުގައި ފުރުމަށް އޯކޭ ކުރެވިފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑުޖެހި ޓްރެވަލް ޑޮކިއުމެންޓް.

 

24 ޖޫން 2023

24 ޖޫން 2023