މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2023/66
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 19 ޖުލައި 2023 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ބައެއްގައި ބިއްލޫރި އަދި އެލުމިނިއަމް ޕާޓިޝަން ޖެހުން

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސް ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގެ ބައެއްގައި ބިއްލޫރި އަދި އެލުމިނިއަމް އިން ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް އަދި ސައިޓް ވިޒިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 9ޖުލައި 2023 ވާ އާދިއްތަ  ދުވަހުގެ 11:00 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންނެވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަސްކަމަށްވާ 9ޖުލައި  2023ގައި ޤެޒެޓުކުރެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 19 ޖުލައި 2023 ވާ ބުދަ ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިލފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.  

22 ޖޫން 2023