ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/56
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 13 ޖުލައި 2023 12:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އާދަހަމަކުރުމާއި ގުޅޭ

 ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 35 ވަނަ މާއްދާއާއި އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤާވާޢިދު ނަންބަރު 2011/R-22 "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ހ) ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ރަށު ކައުންސިލްގެ އޮފީހުގައި އަދި ސިޓީ ކައުންސިލްގެ އޮފީހުގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފުތަރެއް" އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 24/2019) ގެ 15 ވަނަ މާއްދާގައި ބުނެވިދިޔަ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހބ)  ގައިވެސް ރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ ޒިންމާ ކައުންސިލްތަކަށް މަތިކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ބިދޭސީންނާއެކު މުޢާމަލާތް ހިންގާ ފަރާތްތަކުން، ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ބިދޭސީއަކު، ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ހަމަ އެމާއްދާގައި ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓާގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގައި މި ޤާނޫނުގައި (އިމިގްރޭޝަން ޤާނޫނު)  ބަޔާންވެގެންވާގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްޞަދުތައް ޙާޞިލުވިޔަ ނުދިނުމުގެ ގޮތުން ޢަމަލެއް ކުރުމަކީ، ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ފިނޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ފިނޭގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް ދަންނަވަމެވެ.

ފިނޭގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ  އަދި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، ފިނޭގައި ދިރިއުޅެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ދަފްތަރުކުރުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ބިދޭސީއަކު ގެނެސްފިނަމަ ރަޖިސްޓްރީކުރުމާއި ބިދޭސީއަކު ރަޖިސްޓްރީއިން އުނިކުރުމަށް ހުށަހެޅުމަށް ވެސް ދެންނެވީމެވެ.

 

 

 ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ ތިރީގައިވާ ލިންކުން އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/fMmj1BAbJ6cN6z3R9

ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް އެއްވެސް ހާލަތެއް ދިމާވެގެން ރަޖިސްޓްރީން އުނިކުރުމަށް ބިދޭސީންގެ ރަޖިސްޓްރީން އުނިކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ ތިރީގައިވާ ލިންކުން އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/DqgkzzweH8mEUDJJ9

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

22 ޖޫން 2023