ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/25
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 16 ފެބުރުވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރެސިޑެންޓް ސިވިލް އިންޖިނިއަރުން ހޯދުމަށް

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 4 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް 3 ރެސިޑެންޓް ސިވިލް އިންޖިނިއަރުން ހޯދުމަށް 2014 ޖަނަވަރީ 12 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-IS1/138/2015/2 އިއުލާން ބާޠިލުކޮށް އަލުން އިއުލާން ކުރީމެވެ.

މި މަޝްރޫޢާގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމްވެފައި ހުންނަ ރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

 
 

ގދ.ތިނަދޫ

ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ،ގދ.ގައްދޫ އަދި ގއ.ވިލިގިލި

ޏ.ފުވައްމުލައް

ޏ.ފުވައްމުލައް

ކ.ހުޅުމާލެ

ކ.ހުޅުމާލެ

ފެންވަރު ނުވަތަ ޝަރުޠު:

- ސިވިލި އިންޖިނިއަރިންގ އިން ޑިގްރީ ހާސިލުކޮށް މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ސިވިލް އިންޖިނިއަރިންގ އިން ޑިޕްލޮމާ ހާސިލްކޮށް މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- އޮޓޯކެޑް އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

މި މަޤާމުތަކަށް ހޮވޭފަރާތްތަކުން މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ އެހެނިހެން ރަށްތަކުގައި ކަނޑައެޅޭ މުއްދަތަކަށް ޤާއިމުވެ ހުންނަންޖެހިދާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބްރުވަރީ 2015 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން:     3004153 / 3004300       ފެކްސް:   3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

11 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015