މަސައްކަތް
ނަންބަރު: GNAH: (I)(I)AP/P/2015/5
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 09 ފެބުރުވަރީ 2015 13:30
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމަށް

ޏ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ. 

12 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015