މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް
|
ގްރޭޑް:
|
04
|
ސްޕައިން ޕޮއިންޓް:
|
18
|
މުސާރަ:
|
މަހަކު 5,956.80 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,552.92 ރުފިޔާ
|
ޢިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަޤާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފައުންޑޭޝަން ކޯހުގެ ދަރިވަރުންގެ ރެޖިސްޓަރީ ތައްޔާރުކުރުމާއި، ބެލެހެއްޓުމާއި، ޙަވާލު ކުރަންޖެހޭ ފަރާތްތަކާއި ޙަޥާލުކުރުން.
- ޓެކްސްޓް ފޮތާއި، ކިޔަވައިދިނުމަށް ބޭނުންވާ އެހެނިހެން ތަކެތި މުދައްރިސުންނަށް ސްޓޮކުން ނަގައިދިނުމާއި، އަނބުރާ ގެންނަންޖެހޭފަދަ ތަކެތި ޙަވާލު ކުރުމާއި އެތަކެތި އަނބުރާ ހޯދުން.
- ދަރިވަރުންގެ މާރކްސްތަކާއި އެހެނިހެން ރިކޯރޑްސް ބެލެހެއްޓުން
- ފައުންޑޭޝަން ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ރިކޯރޑް/ޓައިމް ޝީޓްތައް ތައްޔާރުކޮށް، އެތަކެތި ބަލަހައްޓައި، އަދި ހަމަޖެހިފައިވާ އުޞޫލަކުން ފައިސާ ދިނުމަށްޓަކައި ބަޖެޓް ސެކްޝަނަށް ފޮނުވައި ބެލެހެއްޓުން.
- ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން ދެއްވާ ނޯޓްސް އަދި އެހެނިހެން ތަކެއްޗާއި ޓެސްޓް ޕޭޕަރު ފަދަ ތަކެތި ޓައިޕްކުރުމާއި، ޗާޕްކުރުމާއި، ޓެސްޓް ފަދަ ކަންކަން އިންތިޒާމް ކުރުމާއި ބެލެހެއްޓުން.
- ކޯހާއި ބެހޭ މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް މަޢުލޫމާތު ދިނުން.
- ކޯހާއި ބެހޭ ފޯރމްތައް އަނބުރާ ލިބުމުން ޗެކްކޮށް އަދި ބަލައިގަތުމުގައި އެހީވުމާއި، ބަލައިގަނެވޭ ފޯރމުތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯރމެޓަށް ކޮމްޕިޔުޓަރަށް އެންޓަރ ކުރުމުގައި އެހީވުން.
- ސެކްޝަނަށް ލިބޭ ލިޔެކިޔުން ފައިލްކުރުމާއި، ލިބޭ ސިޓީ/ނޯޓް/ފެކްސް އާއި ގުޅޭ ގޮތުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާ ބެހޭ ވެރިޔަކު ވިދާޅުވާ ގޮތަކަށް ތައްޔާރުކުރުމާއި، މި ލިޔެކިޔުންތައް ފޮނުވުމަށް ޑިސްޕެޗާ ޙަޥާލުކުރުން
- އަހަރު ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތު ނެގުމުގައި އެހީތެރިވުން.
- ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2023 ޖުލައި 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2023-CFS-112
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|