ދިވެހިރާއްޖެ
2023-2024 ގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭ
2023-2024 ގެ ދިރާސީ އަހަރަށް ނެއްލައިދޫ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ، ސްކޫލަށް ދަރިވަރުން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ޖުލައި 2023 ގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
ސްކޫލުތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި 2023-2024 ވަނަ ދިރާސީ އަހަރު އަމަލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު (22-E/CIR/2023/08) ސާރކިއުލަރ ނޯޓާއި އެއްގޮތަށް ގްރޭޑުތަކަށް ދަރިވަރުން ވެއްދުމުގެ އުސޫލު ތިރީގައިއެވަނީއެވެ.
ގްރޭޑް |
އުމުރުފުރާ |
ބޭބީ ނާރސަރީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާރސަރީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ސްކޫލަށް ދަރިވަރުންވައްދަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ހަމައަށެވެ. ދަރިވަރުން ސްކޫލަށް ވެއްދުމަށް ބޭނުންވާ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- އީމެއިލް: [email protected]