ދެންނެވުން
ނަންބަރު: 2023/10
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 16:02
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް" ގެ ދަށުން، 1 މޭ 2023 ގައި ތަންފީޒުކޮށްފައިވާ ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކުރުން

ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް" ގެ ދަށުން އެކުލަވާލާފައިވާ ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 އާންމުކުރީމެވެ.

ވީމާ، 2023 ޖޫން 21 ވަނަ ދުވަހުން ފެށިގެން އިޢުލާންކުރެވޭ ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމަކަށް މީހުން އައްޔަންކުރުމުގެ މަރުޙަލާތައް މި އުޞޫލާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. އަދި މި ކޮމިޝަނުގެ ނަންބަރު 188ODS/CIR/2023/45 (8 ޖޫން 2023) ސަރކިއުލަރ ނޯޓާ ގުޅިގެން ނަރުހުންގެ ޖޮބްމެޓްރިކްސްތަކުގެ ތެރެއިން އިޢުލާންކޮށް މިއަދާ ހަމަޔަށް ސްކްރީނިންގ މަރުޙަލާ ކުރިޔަށް ގެންގޮސްފައި ނުވާ މަޤާމުތަކަށް މީހުން ހަމަޖެއްސުމުގެ ހުރިހާ މަރުހަލާއެއް މި އުޞޫލުގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ.

އަދި، މި އުޞޫލު ފާސްކުރުމާ ގުޅިގެން 2019 ފެބްރުވަރީ 14 ގައި މި ކޮމިޝަނުން އާންމުކޮށްފައިވާ ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ހުއްޓާލެވިފައިވާ ކަމުގައި ދެންނެވީމެވެ.

21 ޖޫން 2023