ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2023/58
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 13 ޖުލައި 2023 13:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 –- 2024 ވަނަ އަހަރު އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

އިޢުލާން

2023 –- 2024 ވަނަ އަހަރު އއ. ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

2023–- 2024 ވަނަ އަހަރު ފެށޭ ދިރާސީ އަހަރަށް އއ. ފެރިދޫ ޕްރީސްކޫލަށް  ކުދިން ވެއްދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ޕްރީސްކޫލަށް ދަރިވަރުން ވެއްދެވުމަށް  ބޭނުންވެލައްވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޖޫން  2023 އިން 13 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރުފަހު 13.00 އަށް މި އިދާރާގައެވެ.

ބޭބީ ނާރސަރީ އަދި ނާރސަރީ އަށް ވައްދާނީ 1 އޮގަސްޓް 2023 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް  

2023- 2024 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރުފުރާ

ބޭބީ ނާރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

ވީމާ، ބެބީ ނާރސަރީ އަދި ނާރސަރީއަށް ކުދިން ވެއްދެވުމަށް  ބޭނުން ވެލައްވާ ފަރާތްތަކުން ފޯމް ފުރުއްވުމަށްފަހު ، ތިރީގައި ދަންނަވާފައިވާ ލިޔުންތަކާއި އެކު 13 ޖުލައި 2023 ގެ 13.00 ގެ ކުރިން މި އިދާރާއަށް ހުުށައެޅުއްވުން އެދެމެވެ.  

ފޯމްއާއި އެކު ހުށައަޅުއްވަންޖެހޭ ލިޔުންތައް:

  • ކުއްޖާގެ އައި.ޑީ.ކާޑްގެ ކޮޕީ އަދި އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ
  • ބެލެނިވެރިޔާގެ އައ.ޑީ.ކާޑްގެ ކޮޕީ

ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއްނަމަ، އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ

21 ޖޫން 2023