ނީލަން
ނަންބަރު: (IUL)237-BF/237/2023/16
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 08 ޖުލައި 2023 16:30
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ބާވެގެން ނަގާފައިހުރި ބައެއްތަކެތި ނީލަންކިއުމާ ގުޅޭ

މި އިޢުލާނާއެކުގައިވާ ނީލަންކިއުމަށް ލިސްޓްކޮށްފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަންކިއުން އޮންނާނީ 2023 ޖުލައި 08 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4.30 ގައި ފ.އަތޮޅު ސްޓޭޓްހައުސް ގޯތީގައެވެ.

 

ލިސްޓްގައިވާ ތަކެތީގެ ނީލަންފެށޭނީ -/5 ރުފިޔާއާއި -/100 ރުފިޔާއާއި ދެމެދުގެ އަގުތަކުންނެވެ. ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/5 ރުފިޔާއެވެ. ނީލަންކިޔާނީ ދުވަހު ނީލަންކިއުމުގެ އުޞޫލާ އެއްގޮތަށެވެ. ނީލަންފެށޭނީ މަދުވެގެން 03 މީހުން ތިބެގެންނެވެ.

 

ނީލަންކިއުމަށް ލިސްޓްކޮށްފައިވާ ތަކެތި ބައިބަޔަށްބަހައި އެބަޔަކަށް ދެވިފައިވާ ތަރުތީބު ނަންބަރާއި އެބައެއްގެ ނީލަންފެށޭއަގު ނީލަންކިއުމުގެ 01 ދުވަސްކުރިން ނީލަންކިޔާ ސަރަޙައްދުގައި ޢާންމުކޮށްފައި ހުންނާނެއެވެ.

ނީލަމުން ތަކެތި ނެންގެވުމަށްފަހު ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ރަސްމީ  02 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކަވައި ތަކެތި ގެންދަވަން ވާނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. ވަގުތުން ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ވާނެއެވެ. ނީލަމުން ނުނަގާ ތަކެތި 02 ވަނަ ފަހަރު ނީލަމަށް އިޢުލާން ކުރާއިރު ނީލަމުންނަގައި ފައިސާ ނުދައްކާ ހުންނަތަކެތި ނީލަމަށް ހުށަހެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

 

03 ޛުލްހިއްޖާ 1444

21 ޖޫން    2023

21 ޖޫން 2023