ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-FS/343/2023/58
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 09 ޖުލައި 2023 01:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ހިންގުމަށް ޖަގަހަ ދޫކުރުމާއި ގުޅޭ.

 

އިޢުލާން

މަގުތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ހިންގުމަށް ޖަގަހަ ދޫކުރުމާއި ގުޅޭ.

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: R20131264) ގެ ދަށުން ގާޑިޔާ ބެހެއްޓޭނެ ޖަގަހަ ކަނޑައެޅުމާއި، އެފަދަ ތަންތަން ދޫކުރާނެ މުއްދަތާއި އެފަދަ ތަންތަނަށް ނަގާނެ ފީއެއް ކަނޑައަޅައި، ޖަގަހަ ދިނުމަށް ކަނޑައެޅިފައިވާ ކޮންމެ ސަރަހައްދަކުގެ ތެރެއިން ކޮންމެ ސަރަހައްދަކުން 2 ޖަގަހަ ދޫކުރުމަށް 4 ވަނަ ކައުންސިލްގެ 2023ވަނަ އަހަރުގެ 22ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

ޖަގަހަ ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ:

  1. ކުޑަކުދިންގެ ޕާކް އުތުރުފަރާތް
  2. ގެސްޓްބީޗް ސަރަހައްދު
  3. ލޯކަލް ބީޗް

ޖަގަހަގެ ބޮޑު މިނަކީ 10ފޫޓު 10ފޫޓު ކަމަށާއި އަދި އެގްރިމެންޓްގެ މުއްދަތަކީ އެއް އަހަރު ކަމުގައި ކައުންސިލުން ވަނީ ނިންމާފައެވެ.

ޖަގަހަތަކުން ނެގޭނެ ފީގެ ތަފްސީލު ތިރީގައި އެވަނީއެވެ.

ފީ : މަހަކު -/500 ރުފިޔާ

 ރަޖިސްޓްރޭޝަން ފީ : -/500 ރުފިޔާ

ވާދަވެރި މާހައުލެއްގައި ޖަގަހަތަކަށް ކުރިމަތިލާފައިވާނަމަ ޖަގަހަ ދޫކުރެވޭނީ ގުރުއަތުން ކަމުގައިވެސް ކައުންސިލުންވަނީ ނިންމާފައެވެ.

            ވީމާ، ޖަގަހަތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2023 ޖުލައި 09ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ސިޓީއަކުން ކައުންސިލަށް ހުށައެޅުމަށް އެދި ދަންނަވަމެވެ.

            21 ޖޫން 2023

21 ޖޫން 2023