ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2015/2
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 17 ފެބުރުވަރީ 2015 00:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރ. މުރަވަންދޫ ގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތައް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމާބެހޭ

އިޢުލާން 

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ރ. މުރަވަންދޫގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތައް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected]  އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

13 ރަބީޢުލްއާޚިރު 1436    

03 ފެބުރުވަރީ 2015