ޢާންމު މަޢުލޫމާތު
ނަންބަރު: 23-TS/CIR/2023/9
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 09:39
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮންލައިން ކޮންސަލްޓޭޝަން ހެދުމާއި ގުޅޭ

އޮންލައިން ކޮންސަލްޓޭޝަން ހެދުމާއި ގުޅޭ

 

ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އޮންލައިން ކޮންސަލްޓޭޝަން ޙިދުމަތްދޭ ތަންތަނުގައި ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރުމަށް "ޓެލެ ކޮންސަލްޓޭޝަން ގައިޑްލައިން ފޯ ހެލްތުކެއަރ ޕްރޮފެޝަނަލްސް" ގައިޑްލައިން އެއް ވަނީ މިނިސްޓްރީ އޮފް ހެލްތު ގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައެވެ.

ވީމާ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޓެލެ ކޮންސަލްޓޭޝަން ގައިޑްލައިންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް ގައިޑްލައިން އަށް އަމަލުކުރަމުންދާކަން ޔަގީންކުރުމަށް ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުން އިލްތިމާސް ކުރަމެވެ.

ތިރީގައިވާ ލިންކުން ޓެލެ ކޮންސަލްޓޭޝަން ގައިޑްލައިން ލިބިވަޑައިގަންނަވާނެއެވެ.

 

[https://health.gov.mv/en/downloads/tele-konsalteyshan-gaidlain-foa-helthu-kear-profishanals]

 

21 ޖޫން 2023