ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް މާލެ، ހުޅުމާލެ، އެއަރޕޯޓް އަދި ވިލިނގިލީގެ ބްރާންޗުތަކާއި އޭ.ޓީ.އެމް. ސައިޓްތައް ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
12 ފެބުރުވަރީ 2015 |
ބުރާސްފަތި |
ހެނދުނު 10:00 |
އަންދާސީހިސާބު ހުށަހެޅުން |
22 ފެބުރުވަރީ 2015 |
އާދީއްތަަ |
ހެނދުނު 10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
13 ރަބީޢުލްއާޚިރު 1436