ދިވެހިރާއްޖެ
މިމަރުކަޒުގެ ނަންބަރު (IUL)FMHC/2023/07 ( 08 ޖޫން 2023) ގައި މިމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަންދާސި ހިސާބުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 09 ޖުލައި 2023 ވަނަ ދުވަހުގެ 11:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ސްލިޕް މިމަރުކަޒަށް ވަޑައިގެން ނުވަތަ އީމެއިލް[email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ބީލަމަށް ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
| 
 #  | 
 ތަފްސީލް  | 
 ތާރީޚް  | 
 ގަޑި  | 
| 
 1  | 
 މަޢުލޫމާތު ދިނުން  | 
 09 ޖުލައި 2023  | 
 11:00  | 
| 
 2  | 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 20 ޖުލައި 2023  | 
 11:00  | 
އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާނު ނަންބަރާއި އަންދާސީ ހިސާބުގެ ނަން " ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ" އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.