ދިވެހިރާއްޖެ
ސުރުހީގައި ދަންނަވާފައިވާ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންޖެހެއެވެ. އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައާއި ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި އަމަލު ކުރަންޖެހޭނީ މިކަމަށްޓަކައި މިހާރު އަމަލުކުރެވެމުންދާ ގަވާއިދު ނަންބަރ 2022/R-90 " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ، ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން ، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންގްޝަން ( ކެޗްޕިޓް ) ގުޅައިދިނުމުގައި ބެލެވޭނީ މިގަވާއިދުގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތި ތަކުގެ މައްޗަށެވެ.
މިގަވާއިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިއިދާރާގެ ނަމްބަރު (IUL)317/2022/80 (06 ނޮވެންބަރު 20222) އިޢުލާނުން ހުށަހެޅުނު ފުރުސަތުގައި ފޯމް ހުށަހަޅާފައިވަނީ ވަރަށް މަދު ފަރާތް ތަކެއް ކަމުން އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާމަވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މިއިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އަދި ގަވާއިދު ނަންބަރ 2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ، ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން ، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ކޮޕީ އާއްމުކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.