ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-A/322/2023/81
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 05 ޖުލައި 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑަށް ނަން ހުށަހެޅުމާގުޅޭ (އިސްލާހު ކުރެވިފައި)

ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑަށް ނަން ހުށަހެޅުމާގުޅޭ (އިސްލާހު ކުރެވިފައި)

މިއިދާރާގެ ފަރާތުން ޢަލަށް ތަޢާރަފް ކުރާ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" ދިނުމުގެ އުޞޫލަށް މިހާރުވަނީ އިޞްލާޙެއް ގެނެވިފައެވެ.

މިގޮތުން ގެނެވިފައިވާ އިޞްލާހަކީ "ކަމެއް ޙާޞިލް ކުރިކަމަށް ބެލެވޭނީ އެ ޙާޞިލް ކުރި ކަމެއްގެ ސެޓްފިކެޓް ނުވަތަ ލިޔުމެއް ލިބުމުންނެވެ.  (މިސާލަކަށް:  2020 ވަނަ އަހަރު ހެދި ކޯހެއްގެ ނުވަތަ އޯލެވެލް / އޭލެވެލް ހެދި ކުއްޖެއް / މީހެއްގެ ސެޓްފިކެޓް ނުވަތަ ހަނދާނީ ލިޔުން ލިނުބީ 2022 ވަނަ އަހަރުކަމަށް ވާނަމަ އެކުއްޖަކަށް/ މީހަކަށް 2023 ވަނަ އަހަރުގެ އެވޯޑަށް ނަން ހުށަހެޅިދާނެއެވެ)"

ވީމާ، މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ކުރިންވެސް ދެންނެވިފައިވާނޭފަދައިން 05 ޖުލައި 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމާއިބެހޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިޢިޢުލާނާއި އެކު މިވާ ލިންކުން، އަދި މިއިދާރާއިން ވެސް ކަމާއި ބެހޭ ފޯމާއި، ޢިނާމް ދިނުމުގެ އުޞޫލު ލިބެންހުންނާނެއެވެ.

             ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖޫން 2023