މަސައްކަތް
ނަންބަރު: (IUL)GS127-B/2023/005
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި:
22 ޖޫން 2023 12:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގެ ދަރިވަރުންގެ ފާޚާނާބަރި މަރާމާތު ކުރުން.
ބީލަން ހުށަހެޅުމުގެ ދަޢުވަތު (1)
މި ސްކޫލްގެ އަންހެން ދަރިވަރުންގެ ފާޚާނާ ބަރީގެ 1 ފާޚާނާ މަރާމާތުކޮށް، ދަރިވަރުން ބޭނުންކުރާ ދެ ފާޚާނާ ބަރީގެ ފާޚާނާ ހޮޅި ރަށުގެ ނަރުދަމާ ނިޒާމާ ގުޅާލަން ބޭނުންވެއެވެ. ވީމާ، މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 20 ން 2023 ޖޫން 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖުލައި 03 ވާ ހޯމަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 11 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
ރ. މާކުރަތު، ދިވެހިރާއްޖެ.
ފޯން: 6580333
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
20 ޖޫން 2023