ކުއްޔަށް ދިނުން
ނަންބަރު: (IUL)419-ESMSPL/419/2023/54
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 22 ޖޫން 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްޝާލީމެރިން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 ކުރިއަށްދާ މުއްދަތުގައި ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމާގުޅޭ

އަލްޝާލީމެރިން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 ކުރިއަށްދާ މުއްދަތުގައި ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމާގުޅޭ

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2023 ޖުލައި 01  އިން 12 ޖުލައި 2023 ވަނަ ދުވަހަށް ގދ.ގައްދޫ ފުޓްސަލް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަލްޝާލީމެރިން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ކުރިއަށްދާ މުއްދަތުގައި، ފުޓްސަލް ދަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މޭޒުގެ އަދަދު: 2
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ ބޮޑުމިން: 10'×'10
  • ކުއްޔަށް ދޫކުރެވޭ މުއްދަތު : 12 ދުވަސް
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގު: 2000.00 (ދެހާސް ރުފިޔާ)
  • ކުއްޔަށް ދޫކުރާ މޭޒުތަކަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. އަދި މޭޒުތަކުގައި އިތުރަށް ބޭނުންވާ ކަރަންޓް ނެގުމަށް ބޭނުންވާ ކަރަންޓް އެކްސްޓެންޝަން ބޯޑް ފަދަ ތަކެތި ހޯދުމަކީ މޭޒު ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ.
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާނަމަ މޭޒުތައް ދޫކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. އަދި އެއް އަގެއް ހުށަހަޅާފައިވާ ފަރާތްތަކެއްވާނަމަ މޭޒު ލިބޭ ފަރާތެއް ހޮވޭނީ ޤުރުއަތުންނެވެ.

ވީމާ، "އަލްޝާލީމެރިން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން ހިންގުމަށް މޭޒު ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

19 ޖޫން 2023                                                                

 

                                                        

19 ޖޫން 2023