މަސައްކަތް
ނަންބަރު: : (IUL)319/319/2023/21
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 06 ޖުލައި 2023 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާޅޮހު ފުޓްސަލް ދަނޑުގެ ޓާފް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ބ. މާޅޮހު ފުޓްސަލް ދަނޑުގެ ޓާފް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 2023 ޖުލައި 02ވާ އާދިއްތަ ދުވަހުގެ 11:00ގައި، ބ. މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖިސްޓްރީ ވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2023ޖުލައި 02 ވާ އާދިއްތަ  ދުވަހު  13:00 ގެ ކުރިން ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.

ފޯން ނަންބަރ: 4006020         އީމެއިލް: [email protected]

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2023ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ވަގުތުގެ 10 މެނެޓް ކުރިން މި އިދާރާގެ އިންފޮމޭޝަން މެއިލް އަށް ([email protected])  އަންދާސީ ހިސާބު މެއިލް ކުރެއްވައި ([email protected]) އަށް ސީ.ސީ ކުރެއްވުން އެދެމެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ، ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ބ.މާޅޮސް، ދިވެހިރާއްޖެ

ފޯން ނަންބަރ:     9555951/7612867  އީމެއިލް: [email protected]

20 ޖޫން 2023