ޢާންމު މަޢުލޫމާތު
ނަންބަރު: L3MC-B/2023/12
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 06 ޖުލައި 2023 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމެޓީއަށް މެންބަރުން ހޯދުން

އިޢުލާން

 

މިކޯޓުގެ ނަންބަރު: L3MC-B/2023/11 (06 ޖޫން 2023) އިޢުލާނުގެ މުއްދަތު ހަމަވިއިރު އަގުކޮމެޓީގެ މެންބަރުކަމަށްއެދި އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، މިކޯޓުގެ ނަންބަރު: 2023-L3C-CIV-9 ޤަޟިއްޔާއާ ގުޅިގެން، ފ.ބިލެތްދޫ "ވައިފިނިރޯޅި" އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ނުއުފުލޭ މުދާ އަގުމަގުކުރުމަށްޓަކައި އަގުކޮމެޓީއެއް އައްޔަނު ކުރުމަށް އަލުން އިޢުލާން ކުރީމެވެ.

އަގުކޮމެޓީއަށް މެންބަރުން ހޯދުން

ނަންބަރު: L3MC-B/2023/12

ތާރީޚް: 20 ޖޫން 2023

މަޤާމް:

އަގުކޮމެޓީގެ މެންބަރު

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަސައްކަތްކުރަންޖެހޭތަން:

ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަން ކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
  2. ލިޔަން ކިޔަން ދަތުމާއެކު މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފ.ބިލެތްދޫ "ވައިފިނިއޯޅި" އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތާއި ރުއްގަހާއި އެހެނިހެން ނުއުފުލޭ މުދާ އަގުކުރުން

އުޖޫރައާއި އިނާޔަތްތައް:

  1. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމު (މިފޯމު ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތު ތަޖުރިބާގެ ލިޔުން

ހުށަހަޅަންޖެހޭ ގޮތައި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 2023 ޖުލައި 06 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދޭ ފޯމު މިކޯޓުގެވެބްސައިޓު (https://f-bileddhoo.courts.gov.mv/downloads) އާއި ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

     

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6740626 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

20 ޖޫން 2023