ދިވެހިރާއްޖެ
އިޢުލާން
ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރ (IUL)411-B/411/2023/27 (14 ޖޫން 2023) އިޢުލާނުގައިވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444" ބާއްވާ ތާރީޚް 09 ޖުލައި 2023 އިން 12 ޖުލައި 2023 އަށް ފަސްކުރެވިފައިވާތީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 13.00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް info@dhevvadhoo.gov.mv :އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޛުލްޙިއްޖާ 1444
20 ޖޫން 2023